ތ. ވޭމަންޑޫ ހޮސްޕިޓަލަށް ކުވެއިތު ފަންޑުން ލޯނެއް
ތ. ވޭމަންޑޫގައި އަލަށް އަޅާ 50 އެނދުގެ ހޮސްޕިޓަލަށް 3 މިލިއަން ކުވެއިތު ދީނާރު (ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނު އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ކުވެއިތު ފަންޑުން 4 ނޮވެމްބަރު 2026 ގައި ސޮއިކޮށްފިއެވެ.