އެފްއޭއެމަށް 25 މިލިއަން ޑޮލަރު ލިބިދާނެ: ފީފާ
2027 އިން 2030 އަށް ފީފާގެ މެންބަރު 211 އެސޯސިއޭޝަނުގެ ތެރެއިން ކޮންމެ އެސޯސިއޭޝަނަކަށް 25 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ފީފާއިން ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެސް ހިމެނެއެވެ. މިއީ ހުށަހެޅުމެކެވެ؛ މިކަމަށް ގޮތެއް ނިންމުމަށް ކޮންގްރެސްގައި ވޯޓުލުން އޮންނާނީ މާޗު 2027 ގައެވެ.