ކާށިދުއްފަރު ފަޅުގެ އެއްބަސްވުން ސައްޙަ: ހައިކޯޓު
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ކާށިދުއްފަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމަކީ ސައްޙަ، އަދި މިހާރުވެސް ދެމިއޮތް އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.