އުތުރުގެ ރަށްރަށުގައި ވައިގެ ފެންވަރު ސިއްހަތަށް ނުރައްކާތެރި މިންވަރަށް
ށ. ފުނަދޫއާއި ވިލިމާލޭގައި މިއަދު ވައިގެ ފެންވަރު ހުރީ ސިއްހަތަށް ނުރައްކާތެރި މިންވަރުގައި ކަމަށް ތިމާވެށީގެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެންމެ ބޮޑު ނުރައްކަލެއް ހުރީ ކުޑަކުދިންނާއި މުސްކުޅި މީހުންނާއި ނޭވާލުމުގެ ބަލިތައް ހުންނަ ފަރާތްތަކަށެވެ.